ބޮލީވުޑް

ކާރްތިކްގެ ވާހަކަ އިވުމުން ކްރީތީ ރުޅިއަތުވެއްޖެ

ކާރްތިކް އާރްޔަން އާ ގުޅޭ ގޮތުން ރިޕޯޓަރަކު ސުވާލުކުރުމުން ކްރީތީ ސެނޯން ވަރަށް ރުޅިއަތުވެއްޖެ އެވެ. އެވޯޑް ދިނުމުގެ ހަފުލާއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަން ކްރީތީ ހުއްޓާ ކުއްލިއަކަށް ކާރްތިކް އާ ގުޅޭ ސުވާލެއް ރިޕޯޓަރަކު ކުރުމުން ކްރީތީ ރުޅިގަދަވެފައި ހުއްޓަސް އެކަން ނުދައްކައި ގަދަކަމުން ހީނލާފައި "މިއީ ތި ވާހަކަ ދައްކަން އެކަށީގެންވާ ޕްލެޓްފޯމެއްތޯ" ސުވާލުކޮށްފައި ވެއެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި ރިޕޯޓަރު ސުވާލުކުރަނީ އޭނާގެ "ޝެހެޒާދާ" ކޯސްޓާ ކާރްތިކްގެ ކިބައިގައި ހުރި އޭނާ އެންމެ ގަޔާވާ ސިފައަކީ ކޮބައިތޯ އެވެ.

މި ސުވާލު ކުރުމުން ކްރީތީ ވަރަށް ހިތްހަމަނުޖެހުނުކަން އޭނާގެ މޫނުން ހާމަވިއެވެ. އަދި ފާޑަކަށް ހީނލާފައި އޭނާގެ ސުވާލަކީ މި ޕްލެޓްފޯމާ ގުޅޭ ސުވާލެއްތޯ ކްރީތީ އެހި އެވެ.

ނަމަވެސް މި ވީޑީއޯ ބަލާފައި ސޯޝަލް މީޑީއާގައި ވަރަށް ގިނަ ބަޔަކު ވާހަކަ ދެއްކީ މުޅިން ތަފާތުކޮށެވެ. އެތަނުން އެކަކު ބުނީ ކާރްތިކް އާ ގުޅޭ ސުވާލުކުރުމުން ކްރީތީގެ މޫނަށް ވެރިވި ރަކި ހިނިތުން ވުމުން އޭނާ ކާރްތިކް ދެކެ ލޯބިވާ މިންވަރު ހާމަވި ކަމަށެވެ.

ކްރީތީ އާއި ކާރްތިކްގެ "ޝެހެޒާދާ" ވަނީ ފެބްރުއަރީ 17 ވަނަ ދުވަހު ރިލީޒްކޮށްފައެވެ. އަދި ހީކުރި ވަރާ ގާތަށް ވެސް މި ފިލްމު ހިނގާފައެއް ނުވެ އެވެ.

"ޝެހެޒާދާ"ގެ ޝޫޓިންގް ކުރިޔަށް ދިޔަ ދުވަސްވަރު ކާރްތިކް އާއި ކްރީތީގެ މެދުގައި ލޯބީގެ ގުޅުންތަކެއް އޮތްކަމަށް އިންޑިޔާގެ ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ކްރީތީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކްރީތީ ބުނި ގޮތުގައި ކޮންމެ އެކްޓަރަކާ އެކު ވެސް އޭނާ ފިލްމެއްގެ މަސައްކަތް ފަށާއިރަށް އެ އެކްޓަރަކާ އޭނާއާ އަޅުވާ ކިޔަން ފަށައެވެ. އަދި މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ކްރީތީ ބުނެފައި ވެއެވެ.