ފިނިޕޭޖް

ކާރްތިކްގެ ޝުކުރު ސަޕޯޓަރުންނަށް

ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ -- ފޮޓޯ: ބޮލީވުޑް ހަންގާމާ
0%
0%
0%

"ސަތިޔަޕްރޭމް ކީ ކަތާ"ގެ ވަކި މަންޒަރަކަށް ލިބުނު ފޭނުންގެ ލޯތްބަށް ކާރްތިކް އާރިޔަން ޝުކުރު އަދާކޮށްފި އެވެ.

ފޭނުންގެ ލޯބި ލިބުނު ފިލްމުގެ މި މަންޒަރަށް އިޝާރާތްކޮށް ކާތިކް ބުނީ އެއީ ފިލްމުގައި އޭނާގެ ވެސް "ފޭވަރިޓް ސީން" ކަމަށެވެ.

އޭނާގެ ސޯޝަލް މީޑިއާގައި ކާރްތިކް އާރިޔަން ވަނީ ބެލުންތެރިން ލޯބިވާ މަންޒަރެއްގެ ވީޑިއޯ ކޮޅެއްގެ ރިއެކްޝަން ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

މި ފިލްމުން ކާރްތިކް އާރިޔަން ފެނިގެން ދަނީ ސައްޓޫގެ ރޯލުންނެވެ. އޭނާގެ ލޯބިވެރިޔާއަށް ހިތްވަރުދީ ތާއީދުކުރާ މި ރޯލަށް ކާރްތިކްގެ އަންހެން ފޭނުން ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެ އެވެ.

"ސަތިޔަޕްރޭމް ކީ ކަތާ" އިން ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު ކާރްތިކް މިހާރު ވެސް ދަނީ ކަބީރު ޚާން އާއި އެކު އޭނާގެ އާ ފިލްމު -- "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން "ބޫލް ބުލައިޔާ 3" އާއި އަނޫރާގް ބާސޫގެ އިތުރު ރޮމޭންޓިކް ފިލްމެގައިވެސް ކާރްތިކް ދަނީ މަސައްކަތްކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345