ރާއްޖެ ކުޅިވަރު

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ގުޑީސް އަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަކަން ގުޑީސް ކުލަބު ހޯދައިފި އެވެ.

އެކުލަބު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ފެންފުށީ ޒުވާނުންގެ ދިރުމާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓް ގުޑީސް ގެންދިޔައީ 25- 12 އަދި 25- 13 އިންނެވެ. ކުރީގެ އެއްވަނަ ކުޅުންތެރިޔާ ޝާމިލް އާދަމް ކުޅެމުން ފެންފުއްޓަށް ކިރިޔާ ވެސް ވާދައެއް ކުރެވުނީ ފަހު ސެޓުގަ އެވެ. ދިޔަ މި ސެޓް ނިމުނީ 29-27 އިން ގުޑީސް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ ޕަރަމޭޝެވެ. އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކީ ހޮވުނީ ކުރީގެ ގައުމީ ކެޕްޓަން ޝާމިލެވެ. އެންމެ މޮޅު އެންމެ މޮޅު ސެޓަރަކީ ގުޑީގެ ސައިފުﷲ އަހުމަދެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އެ ޓީމުގެ ހަސަން ޒަރާން ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އިބްރާހީމް ރަޝީދު (ސަތޯ) އެވެ.

މި މުބާރާތުގެ ތިން ވަނަ ޓީމަކީ ސްޓެލްކޯ އެވެ.