ހުޅުމާލެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާބަކިއު އޭރިއާއެއް

Mar 4, 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްފި އެވެ.

މި ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހަވީރު ވަނީ ހިޔާ ސަރަހައްދުގައި ބާބަކިއު އިވެންޓެއް ބާއްވާފަ އެވެ.

މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބާބަކިއު އޭރިއާއެއްގެ ގޮތުގައި ހާއްސަކޮށްފައިވަނީ ރުއްގަނޑު ތިނެއް ސަރަހައްދެވެ.

ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއް ކަމަށް އެޗްޑީސީން ގަބޫލުކުރެ އެވެ.