ފިނޭންސް މިނިސްޓްރީ

ލޯނު ދައްކަން 501 މިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުން 501 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުން ވަނީ 501.3 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިދިޔަ އަހަރުގެ އެ މުއްދަތުގައި 336.7 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފަ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ ބަޖެޓުގައި 2.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އާމްދަނީގެ ގޮތުގައި މިއަހަރު ދައުލަތަށް 4.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީ އެވެ.

ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް މިއަހަރު ދައުލަތުން ވަނީ 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެ ގޮތުން މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިނގުމަށް 2.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.