ދުނިޔެ

ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ އިދިކޮޅު ޕާޓީގެ އެންމެ އިސް އޮފިޝަލުން

ޔޫއެން އާއެކު ޖެނީވާގައި ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކަށް ފޮނުވަނީ ހާއްސަ އޮފިޝަލުންގެ ޓީމެއް ކަމަށް ސީރިޔާޣެ އިދިކޮޅު ގުރޫޕުން ބުނެފި އެވެ.

މި އޮފިޝަލުންގެ ޓީމުގައި ހިމެނޭ މެމްބަރުންގެ އަދަދު އަދި މިހާތަނަށް ހާމަކޮށްފައި ނުވިއަސް މި ޓީމް މިއަދު ޖެނީވާއަށް ދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މިވާހަކަތަކުގައި އިންސާނިއްޔަތާއި، ބޮން އެޅުން ހުއްޓުވައި އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޑިމާންޑްތަކެއް ހުށަހަޅައި މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުވެސް ޔޫއެން އިން ސީރިޔާ އާއި އެކު ސުލްހައިގެ ވާހަކަތައް ފެށިއެވެ. އެހެން ނަމަވެސް ފުރަތަމަ ދެ ރައުންޑަށްފަހު މި ވާހަކަތައް ވަނީ ހުއްޓިފަ އެވެ. ސީރިޔާގައި ކުރިއަށް ގެންދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 250،000 މީހުން މަރުވެ އެތައް ބަޔަކު ވަނީ ރެފިޔުޖީންގެ ގޮތުގައި ސީރިޔާއަށް ހިޖުރަކޮށްފަ އެވެ.

ސުލްހައިގެ ވާހަކަތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.