ފިނިޕޭޖް

"ލާސްޓް ސެންޓިނެލް"ގެ ޓްރޭލާ ނެރެފި

ކޭޓް ބޮސްވޯތްގެ އެންމެ ފަހު ފިލްމް -- ލާސްޓް ސެންޓިނެލްގެ ޓްރޭލާ ނެރެފި އެވެ.

ވާޓިކަލް އެންޓަޓޭންމަންޓުން ނެރުނު ޓްރޭލާގައި ފެންނަނީ ކައިރި މުސްތަގުބަލެއްގައި ދުނިޔެ ހަލާކުވެ، ބަނަވެ، މާޔޫސް ފަޒާއެއްގައި ވަނިކޮށެވެ.

ދުނިޔޭގައި މީހުން ނޫޅެ ބާކީ އޮތް ދެ ކޮންޓިނެންޓްގައި މީހުންތަކެއް އާބާދުވެ އެ ދެ ބައި މީހުންގެ މެދުގައި 2063 ވަނަ އަހަރު ހަނގުރާމައެއް ކުރިއަށްދާ ތަންވެސް ފެނެ އެވެ.

ޓޭނަލް ޓޫމް ޑައިރެކްޓްކުރި މި ފިލްމްގެ ކާސްޓްގައި ކޭޓްގެ އިތުރުން ލޫސިއަން ލެވިސްކައުންޓް އާއި ތޯމަސް ކްރެޝްމަން އަދި މާޓިން މެކްކޭން ހިމެނެ އެވެ. އަދި ސްކްރިޕްޓް ލިޔެފައިވަނީ މަލާކީ ސްމިތް އެވެ.

2002 ގައި "ބްލޫ ކްރަޝް" އިން ކުރިއަރައިގެން އައި ކޭޓް ބޮސްވޯތްގެ އެންމެ ފަހުން ރިލީޒްކުރި ފިލްމްތަކަކީ "ހައުސް އޮފް ޑާކްނަސް" އާއި "ދި އެންފޯސާ" އެވެ. އަދި "ދަ ލޮކްސްމިތް" ވަނީ ޕޯސްޓް ޕްރޮޑަކްޝަންގަ އެވެ.

"ލާސްޓް ސެންޓިނެލް" ސިނަމާތަކަށް ރިލީޒްކުރާނީ މިމަހު 24 ވަނަ ދުވަހު އެވެ.