ވިލާ ގުރޫޕުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުސް ހާއްސަކޮށްފައިވަނީ މިންތީގެ ހަމަހަމަ ކަމަށެވެ.
ވިލާ ގުރޫޕަކީ އިޖުތިމާއީ އަދި ޒިންމާދާރު ކުންފުންޏެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ބޮޑު އެއްބާރުލުމެއް ދޭ ކުންފުންޏެކެވެ. މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށްވެސް ހަމަހަމަ ފުރުސަތުތައް އެއްގަލެއްގެ މަތިން ދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ހަފްލާގައި އަންހެނުންގެ ބާރުވެރިކަމާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ތަފާތު މައުލޫތަކަށް ވާހަކަ ދައްކާފައިވެ އެވެ.
ވިލާ ކޮލެޖުގެ މާސްޓާ އޮފް ކައުންސެލިން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރު އަދި އެސިސްޓެންޓް ޕްރޮފެސަރު ޑރ. އައިޝަތު ނަޝީދާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަން ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އޭނާގެ ވިސްނުމާއި ތަޖުރިބާ ހިއްސާކުރައްވާފަ އެވެ.
މިހަފްލާގައި ވިލާ ރިސޯޓުސް، އަރާމުސްޕާގެ ކޯޕަރޭޓް ޑިރެކްޓަރު މެލިސާ ޑޮވެލް ވަނީ ޖެންޑަ ބަޔާސް އިން އަރައިގަނެ މަސައްކަތުގެ މާހައުލުގައި ކުރިއަރަން ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ހަފްލާ ނިންމާލާފައިވަނީ ވިލާ ރިސޯޓުސް، އަރާމުސްޕާގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އެޑްރިއާނާ ލަވޭރާ ކުރިއަށް ގެންދިޔަ ދުޅަހެޔޮކަމާ ބެހޭ ވޯކްޝޮޕަކުންނެވެ.
މިހަފްލާގައި ވިލާ ގްރޫޕްގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް، އިބްރާހިމް މޫސާ ވިދާޅުވީ ވިލާ ގްރޫޕްގައި ޖިންސަށް ބެލުމެއްނެތި ކޮންމެ ފަރުދަކަށް ހަމަހަމަ ފުރުސަތުތަކާއި ވަސީލަތްތައް ލިބޭނެ ގޮތްތައް ހޯދުމަށް ކުރާ މަސައްކަތަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
"ވިލާ ގްރޫޕަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ ތަފާތު އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް އަމާޒުކުރާ ކުންފުންޏެއް. ވިލާ ގްރޫޕަކީ އަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް އެހީތެރިވުމަށް ގިނަ ސިޔާސަތުތަކެއް ފަރުމާކޮށްފައިވާ ކުންފުންޏެއް،" އިބްރާހީމް މޫސާ ވިދާޅުވި އެވެ.
އަންހެނުންގެ ދުވަހާއި ގުޅިގެން ވިލާ ގްރޫޕުގެ އަންހެން މުވައްޒަފުންގެ ކާމިޔާބީތައް ސޯޝަލް މީޑިއާ އެކައުންޓުތަކުގައިވެސް ދަނީ ދައްކާލަމުންނެވެ.
ވިލާ ގްރޫޕުގެ ކާމިޔާބީއަށް އަންހެން މުވައްޒަފުން ކުރާ މިންނެތް މަސައްކަތްތައް ވިލާއިން ފާހަގަކުރެ އެވެ.