ހޮލެންޑުންވެސް ސީރިޔާއަށް ބޮން އަޅަން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. ހޮލެންޑުގެ ބޮޑުވަޒީރު މާކް ރޫޓޭ ވިދާޅުވީ އެގައުމުން ހަމަލާދޭނީ ސީރިއާގައި އުޅޭ ހައްދުފަހަނ އަޅާފައިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ.
މާކް ވިދާޅުވީ އަންނަ ޖުލައި މަހުގެ 1 ގެ ނިޔަލަށް އެގައުމުން ސީރިޔާގައި އުޅޭ އައިސިސް ހަނގުރާމަވެރިންނަށް ހަމަލާދޭނެ ކަމަށެވެ. އެގޮތުން އައިއެސްގެ ތަމްރީނު މަރުކަޒުތަކަށާއި، އޮޕަރޭޝަންތައް ހިންގާ ތަންތަނަށް ވައިގެ ހަމަލާތައް ދޭނެ ކަމަށެވެ
ހޮލެންޑުން ބުނީ އެ ގައުމުންވެސް ވައިގެ ހަމަލާތައް ދޭން ފެށުމުން އައިއެސް އިތުރަށް ބަލިކަށިވެ އެމެރިކާ ކޯލިޝަނަށް އިތުރު ހިތްވަރެއް ލިބޭޏެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު އައިއެސް އިން ފްރާންސްގެ ވެރިރަށް ޕެރިހަށް ދިން ހަމަލާއަށް ފަހު، އެ ގައުމާއި އިނގިރޭސި ވިލާތުން ވަނީ އިރާގަށާއި ސީރިއާ ގައި ހަމަލޭ ދެމުން އަންނަ އައިސިސް ހަނގުރާމަވެރިންނަށް ދެމުން އަންނަ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ.
ސީރިޔާއަށް ބޮން އެޅުމުގެ އިތުރުން ހޮލެންޑުން ވަނީ އިރާގުގެ ސިފައިންނަށް ހަތިޔާރާއި ތަމްރީނުތައް ދިނުމަށް ނިންމައި ސީރިއާގައި އައިއެސް އާއި ދެކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވެ، ސްކޫލްތަކާއި ހޮސްޕިޓަލްތައް އިމާރާތް ކޮށްދިނުމަށް ނިންމާފަ އެވެ.