އާރްޑީސީ

މަނަދޫގެ މަގުތައް ހަދައި ތާރުއެޅުމަށް އާރްޑީސީއަށް

Mar 9, 2023
1

ނ. މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިދު އެވެ.

މި މަސައްކަތް ހަވާލުކުރީ 75.7 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރާއި ފަސް މަސް ދުވަހެވެ.

މަނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެެވެ.

އާރްޑީސީ އިން މިވަގުތު ވެސް ގެންދަނީ 15 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ވެސް ކުރަމުންދަނީ އާރްޑީސީ އެވެ.