އައި ކެއާ

އައިކެއަރއިން އަންހެނުންނަށް ކެއަރ ޕެކްތަކެއް ހަދިޔާކޮށްފި

Mar 9, 2023

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައިކެއަރއިން ކެލޮގްސް ބްރޭންޑާއި ގުޅިގެން އަންހެނުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުން އެކި މަސައްކަތުގައި އުޅުއްވާ އަންހެނުންނަށް ކެއަރ ޕެކްތަކެއް ހަދިޔާކޮށްފި އެވެ.

އަދުގެ ދުނިޔޭގައި އަންހެނުން އަދާކުރާ ޒިންމާ ބަލައިގަނެ ފަހުރުވެރިކަމާއިއެކު ފާހަގަ ކުރުމުގެ މުހިންމުކަން މި ހަރަކާތުގެ ތެރެއިން އައިކެއަރއިންވަނީ ދައްކައިދީފަ އެވެ.

މީގެ އިތުރުން އައިކެއަރއިން ވަނީ ލޮލުގެ ދުޅަހެޔޮ ކަމަށް އިސްކަންދިނުމަށް ބާރުއަޅައި އަންހެނުންނަށް ހާއްސަ ކެމްޕެއިނެއް ފަށާފަ އެވެ.



ކުރަނގި ނަމުގައި ކުރިއަށްދާ މި ކެމްޕެއިންގެ ދަށުން 18 އަހަރުން މަތީގެ ހުރިހާ އަންހެނުންނަށް ހިލޭ ލޮލުގެ ނަމްބަރު ނެގުމާއި، އައިކެއަރ އޮޕްޓިކަލްސް އިން ބައްލަވައިގަންނަ ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސުން 20 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ކުރަނގި ކެމްޕެއިން ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 2:00 އިން ރޭގަނޑު 9:00 އަށް އައިކެއަރ ހޮސްޕިޓަލުގަ އެވެ.