އައިޖީއެމްއެޗް

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރަން ހިނގާލައިފި

Mar 11, 2023
1

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރަން ހިނގާލުމެއް ކުރިއަށް ގެންގޮސްފި އެވެ.

އައިޖީއެމްއެޗް އިން އިންތިޒާމު ކޮށްގެން މި ހިނގާލުން ބާއްވާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިއްޔެ ހަވީރު އެވެ.

ކިޑްނީ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު މި ހިނގާލުމުގެ ތެރެއިން އާންމުންނަށް ފޯރުކޮށްދީފައިވެ އެވެ.

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗް އިން ވަނީ މިމަހުގެ ނުވަވަނަ ދުވަހު ހާއްސަ ސްކްރީނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކިޑްނީގެ މުހިއްމުކަން އަންގައިދިނުމަށާއި ކިޑްނީގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ކޮންމެ އަހަރެއްގެ މާޗް މަހުގެ ދެވަނަ ބުރާސްފަތި ދުވަހަކީ ކިޑްނީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 2006 ވަނަ އަހަރު އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަނާއި އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީގެ އިސްނަގައިގެންނެވެ.