އެޗްޑީސީ

އާބަން ބޮލަވާޑް މަޝްރޫއުގައި ރެސްޓޯރެންޓް ހަދަން ހަ ކުންފުންޏަކަށް ދީފި

Mar 11, 2023

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖު ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓު ހެދުމަށް ކުންފުނިތަކަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާބަން ބޮލަވާޑް މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން އެޗްޑީސީ އިން މިއަދު ވަނީ ހަ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހުޅުމާލޭގެ ކުރީގެ ބާބަކިއު ސަރަހައްދުގައި ހަދާ ކެފޭ ރެސްޓޯރަންޓް ތަކަކީ ބީލަން ކާމިޔާބު ކުރި ކުންފުނިތަކުގެ އަމިއްލަ ކޮންސެޕްޓަކަށް އަދި އެ ކުންފުނިތަކުން އަމިއްލައަށް ހަރަދުކޮށްގެން ހަދާ ތަންތަނެވެ.

ބީލަން ކާމިޔާބުކުރި ކުންފުނިތައް

  • ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް
  • ޑްރީމްސް ޕްރައިވެޓް ލިމިޓެޑް
  • މިސްރަބު ޕްރައިވެޓް ލިމިޓެޑް
  • ޑައިނެމޯ ރެސްޓޯރެންޓް
  • ބްރަދާސް ކޭޓަރިން
  • ރެފްކޫލް

އެޗްޑީސީ އިން މިބުނީ މިމަޝްރޫއު ނިމުމުން އެ ސަރަހައްދު ވާނީ ބަދަހިވަންތަ މުޖުތަމައެއް ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށެވެ.

މިސަރަހައްދުގައި އާއްމުން ހިތްހަމަޖައްސާލުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށްވެސް އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.