ދުނިޔެ

އިންޑިއާ އާއި އޮސްޓްރޭލިއާ، ބާރުގަދަ ގުޅުމަކުން ބަނދެލަނީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އިންޑިއާއަށް ކުރެއްވި ހަތަރުު ދުވަހުގެ ދަތުރެއް ނިންމާލައްވައި އެނބުރި ގައުމަށް ވަޑައިގެންފި އެވެ. އެކަމަކު، ހުސްއަތަކާ ނޫނެވެ.

ބޮޑުވަޒީރު އަލްބަނީޒް، ބިޔަ ވަފުދެއް ގޮވައިގެން އިންޑިއާއަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށެވެ. އެއީ އިގްތިސާދީ ގޮތުންނާއި ދިފާއީ ގޮތުންނާއި ދަނޑުވެރިކަން އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިންނެވެ.

އެހެން ނަމަވެސް، މުހިންމު މަޝްވަރާތަކަށް ވަޑައިގަތުމުގެ ކުރިން ދެ ބޮޑުވަޒީރުން -- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ގުޅިފައި އޮތް ބަޔާނަކުން ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިންސާނީ އެހީ ފޯރުކޮށްދެއްވުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

އިންޑިއާ އާއި އޮސްޓްރޭލިއާ އަކީ ކުއަޑް ޖަމާއަތުގައި ވެސް ހިމެނޭ ދެ ގައުމެވެ. މުޅިއެކު ހަތަރު ގައުމެއް ހިމެނޭ -- އެމެރިކާ އާއި ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާ އެކުވެގެން އުފައްދާފައި އޮންނަ ކުއަޑް ޖަމާއަތަކީ ސަލާމަތާއި ރައްކާތެރިކަމަށް ބާރުއެޅުމަށް އުފައްދާފައި އޮންނަ ސެކިޔުރިޓީ ގުރޫޕެކެވެ.

އޮސްޓްރޭލިއާގައި މި އަހަރު އޮންނަ ކުއަޑް 2023 ސަމިޓަށް ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީއަށް، ބޮޑުވަޒީރު އަލްބަނީޒް ދައުވަތު ވަނީ އަރުވާފަ އެވެ.

މިއަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައިވައި ދެ ލީޑަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ދުނިޔޭގައި މިހާރު އޮތް ހާލަތުގައި، އަމިއްލަ ގައުމު ދިފާއުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އާއި އިންޑިއާ ގުޅިގެން ސައިންސް ރޮނގުން ކުރިއަރައި ދިއުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި އެވެ. ދަނޑުވެރިކަމާއި ގައުމުތަކަށް ބޭހުންޖެހިފައި އޮތް ހަކަތައިގެ މިންވަރު ދެމެހެއްޓުމަށް ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުން ބައިވެރިވުމާ ބެހޭ ގޮތުން ވޭސް ވާހަކަދެއްކެވި އެވެ.

ދުނިޔޭގެ އެހެން ގައުމަކާ ނުބައްސައި -- ދެ ގައުމުގެ ބައިވެރިވުން އޮވެގެން ހިންގިދާނެ ސިނާއީ މަސައްކަތްތެރި ކަމަށް ވެސް ދެ ބޮޑުވަޒީރުން ނަޒަރު ހިންގެވި އެވެ.