ޓޫރިޒަމް

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އާ ރިސޯޓެއް ހުޅުވަނީ

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގެ ނަމަކީ ޖަވަކަރަ އައިލޭންޑްސް މޯލްޑިވްސް އެވެ.

ޅ. އަތޮޅުގައި މިހާރުވެސް ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ކުންފުނިން ހަދާފައިވާ އާ ރިސޯޓް ހުޅުވުމަށް ތައްޔާރުވަމުންދަނީ މިއަހަރުގެ އޮގަސްޓް އެއްވަނަ ދުވަހު އެވެ.

ޖަވަކަރަ ހަދާފައިވަނީ ގުދުރަތީ ގޮތުން ވަކިން އޮތް ދެ ރަށް 700 މީޓަރުގެ ބްރިޖަކުން ގުޅާލައިގެންނެވެ.

ފަސް ތަރީގެ މި ރިސޯޓްގައި 290 ވިލާ ހަދާފައިވާއިރު މި ރިސޯޓުން މަތީފަންތީގެ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ބުނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރި ކުރާ ކުންފުނިންގެ ހިއްސާދާރުން ބައިވެރިވެގެން ޅ. މަޑިވަރުގައި ހަދާފައިވާ އެއާޕޯޓެއް ވެސް މިހާރު ދަނީ އޮޕަރޭޓް ކުރަމުންނެވެ.