މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕޯސްޓުން އެތެރެކުރި ބައި ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި

Mar 12, 2023

ޕޯސްޓްގެ ޒަރިއްޔާ އިން ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ތަކެތި އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި މިމަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.

އަތުލައިގަނެވުނު ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 520 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު ނުވަލައްކަ ރުފިޔާއަށް އަރަ އެވެ.

ކަސްޓަމްސް އިން ވަނީ މި މައްްސަލައިގައި އަތުލައިގަނެވުނު ޕެކޭޖު ފުލުހުންނާ ހަވާލުކޮށްފަ އެވެ.