އިބްރާހިމް އަމީރު

އިންފްލޭޝަން ހިސާބު ކުރާ ގޮތް ސާފުކޮށްދެއްވައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރާއްޖޭގައި ކޮންމެ މަހަކު މުދަލުގެ އަގު ހުރި ނިސްބަތް ބެލުމަށް ހަދާ ކޮންޒިއުމަ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި ބޭނުން ކުރަނީ 2016 ވަނަ އަހަރު ހެދި ސާވޭ އަކުން ފާހަގަވި މުދަލާއި އޭގެ އަގުތައް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ހޯއްދެވުމަށް ފިނޭންސް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަމީރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ސީޕީއަައި އަކީ 2016 ވަނަ ހެދި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑީޗާ ސާވޭގައި ގޭބިސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލެވިފައިވާ މުދަލާއި ހިދުމަތުގެ އަގުތަށް ހިމަނައިގެން ތައްޔާރު ކުރާ އިންޑެކްސްއެއް ކަމަށެވެ.

ސިޕީއައި ހެދުމަށް މާލެއާއި އަތޮޅުތެރޭގެ އިތުރު ހަތަރު ރަށަކުން ކޮންމެ މަހަކު 9،500 އަށް ވުރެ ގިނަ އަދަދެއްގެ އަގު ނަގަ އެވެ. އަދި ކޮންމެ މަހަކުވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މާލެ، އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސީޕީއައި އެކުލަވާލާ ޝާއިރު ކުރެ އެވެ.

އަމީރު ވިދާޅުވީ ސީޕީއައި ހިސާބު ކުރާ ގޮތުގެ އެންމެ ފަހުގެ ތަފްސީލް ބަޔާން ކޮށްދޭ ރިޕޯޓެއް އެމްބީއެސްގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ކަމަށެވެ.

ބޮންޑޭ ވަނީ ސީޕީއައި ހިސާބު ކުރުމުގައި ތެލުގެ ބާވަތްތަކަށް ދީފާވާ ވެއިޓަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. މިނިސްޓަރު އަމީރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ ސީޕީއައިގައި ތެލުގެ އުފެއްދުންތަކަށް ދީފައިވާ ވެއިޓަކީ 0.57 އިންސައްތަ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910