އިބްރާހިމް އަމީރު

މަސައްކަތްތަކަށް 14 ދުވަސް ތެރޭގައި ފައިސާ ދޫކުރަން: އަމީރު

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކެއް. ފިނޭންސް މިނިސްޓްރީގެ ޕޯޓަލްގައި ޕޯސްޓްކުރާތާ 14 ދުވަސް ތެރޭގައި މަސައްކަތްތަކަށް ފައިސާ ދޫކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ފިނޭންސް މިނިސްޓްރީގެ ޕޯޓަލަށް ޕޯސްޓް ކުރާތާ 14 ދުވަސް ތެރޭގައި މަސައްކަތްތަކަށް ފައިސާ ދޫކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތައް ފައިސާ ނުލިބިގެން ހުއްޓޭތަން ފެންނަ ކަމަށާއި އެޑްވާންސް ޕޭމަންޓް ނުދެވިގެން މަޝްރޫއުތައް ނުފެށޭތަން ފެންނަނީ ކީއްވެތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މީގެ ކުރިން ފިނޭންސްގެ ޕޯޓަލަށް ޕޯސްޓްކުރާތާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެމުން ގެންދިޔަ އެވެ.

"މިހާރު ގާތްގަނޑަކަށް އެންމެ ގިނަވެގެންވެސް 14 ދުވަސް ތެރޭގައި އެބަ ދޫކުރަން ފައިސާ," އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އެވޯޑްކުރެވިފައި ހުރި ޕްރޮޖެކްޓްތައް ކުރިއަށް ދިއުމުގައި ދަތިތައް ހުރެގެން ނުވާނެ ކަމަށެވެ.

ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ޕްރޮޖެކްޓްތައް ޓެންޑާ ކުރުމުގައި ދައުލަތަށް ލިބޭ އާމްދަނީއަށް ބައްލަވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އެވޯޑްކުރުމަށްފަހުގައި އެ ދަތިތަކެއް ކުރިމަތިވެގެންނެއް ނުވާނެ. އަޅުގަނޑުމެންގެ ސިސްޓަމަށް 14 ދުވަސް ތެރޭގައި މިހާރުވެސް ޕޭ ކުރަން،" އަމީރު ވިދާޅުވި އެވެ.

ފައިސާ ދިނުން ލަސްވެފައި ހުންނާނީ މައްސަލައެއް ދިމާވެފައި ހުރި ޕޭމަންޓެއް ނޫންނަމަ 14 ދުވަހަށްވުރެ ލަސްވެފައި ނުހުންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910