ޖޭއެސްސީ

ކްރިމިނަލް ކޯޓު ހިންގުން އާދަމް މުހައްމަދާ ހަވާލުކޮށްފި

Mar 13, 2023

ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިބަދަލު މިގެނައީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީ އިން މިއަދު ވަނީ ގއ. ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ޙަސަންއާ ވެސް ހަވާލުކޮށްފަ އެވެ.

މިބަދަލުވެސް ގެނައީ ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓްގެ ގޮތުގައި ހުންނެވި އިބްރާހީމް އިހްސާން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ ހުވާ މިއަދު ކުރެއްވުމާ ގުޅިގެންނެވެ.