ފެމިލީ ކޯޓް

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން ކަނޑައަޅައިފި

Mar 14, 2023

ކުރިއަށް ރޯދަ މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ފެމިލީ ކޯޓުން ކަނޑައަޅައިފި އެވެ.

މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައަޅައި ކޯޓުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ފެމިލީ ކޯޓުގައި ރަސްމީގަޑީގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.

ނުރަސްމީ ގަޑީގައި ނަމަ ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:30 އިން ރޭގަނޑު 11:00 އަށެވެ.

ކޯޓުން ބޭރުގައި ނަމަ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:30 އިން ރޭގަނޑު 11:00 އަށެވެ.

ރޯދަ މަހު ކައިވެނިކުރަން ހުށަހަޅާ ފަރާތްތަކުން މިގަޑިތަކަށް ސަމާލުކަން ދިނުމަށް ކޯޓުން އެދިފައިވެ އެވެ.