ފެމިލީ ކޯޓް

މާލެ ސަރަހައްދުގައި މިދިޔަ އަހަރު 2،426 ކައިވެނި، 1،280 ވަރި

މާލެ ސަރަހައްދުގައި މިދިޔަ އަހަރު 2،426 ކައިވެނިކޮށް، 1،280 ވަރިކޮށްފި އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދި މިދިޔަ އަހަރު އެންމެ ގިނައިން ވަރިކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރިއެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ވަރި ކައިވެނީގެ ތަފާސްހިސާބު

  • ޖެނުއަރީ: ކައިވެނި - 195 | ވަރި - 127
  • ފެބްރުއަރީ: ކައިވެނި -178 | ވަރި - 98
  • މާޗް: ކައިވެނި - 245 | ވަރި - 115
  • އޭޕްރީލް: ކައިވެނި - 114 | ވަރި - 76
  • މެއި: ކައިވެނި - 185 | ވަރި - 132
  • ޖޫން: ކައިވެނި - 254 | ވަރި - 79
  • ޖުލައި: ކައިވެނި - 281 | ވަރި - 55
  • އޮގަސްޓް: ކައިވެނި - 171 | ވަރި - 132
  • ސެޕްޓެމްބަރު: ކައިވެނި - 131 | ވަރި - 97
  • އޮކްޓޫބަރު: ކައިވެނި - 191 | ވަރި - 139
  • ނޮވެމްބަރު: ކައިވެނި - 175 | ވަރި - 132
  • ޑިސެމްބަރު: ކައިވެނި 306 | ވަރި - 98

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.