ފިނިޕޭޖް

ޖެނިފާގެ އާ ސީރީޒްގައި ފިރިމީހާ ގެއްލިގެން ހޯދަނީ

ޖެނިފާ ގާނާގެ އާ މިނީ ސީރީޒް "ދަ ލާސްޓް ތިން ހީ ޓޯލްޑް މީ"ގެ ޓްރޭލާ ނެރެފި އެވެ.

ލޯރާ ޑޭވްގެ ވާހަކައަކަށް ބިނާކޮށްފައިވާ މިނީ ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ އޮލީވިއާ ނިއުމަން އެވެ.

މި ސީރީޒްގައި ޖެނިފާ އަދާކުރަނީ ހެނާގެ ރޯލެވެ. ހެނާގެ ފިރިމީހާ އޯވަން ވީގޮތެއް ނޭގި ގެއްލުމުން، ލިޔެފައިވާ ސުވާލު އުފެދޭ ނޯޓަކާއި ފައިސާއިން ފުރިފައިވާ ދަބަހެއް ހެނާއަށް ފެނެ އެވެ. އޭގައި ވަނީ ހެނާގެ ދޮން ދަރި ބެއިލީ ހިމާޔަތްކުރުމަށް ބުނެފަ އެވެ.

އޯވަން އަކީ "ކްރިމިނަލް މާސްޓާމައިންޑް" އެއް ކަމަށް ބުނެ، އެފްބީއައި އިން ތަހުގީގުކުރަން ފަށަ އެވެ.

ހެނާ އަށް ހޯދޭ ކަންތައްތަކުން ހާމަވަނީ އޯވަން ދޮގުހަދައި، އޭނާގެ ޝަހްސު އޮޅުވާލާފައިވާ ކަމެވެ. އެހެންކަމުން ބެއިލީއާ ގުޅުން ބަދަހިކޮށް، އޯވަން ހޯދުމަށް ހެނާ މަސައްކަތް ކުރެ އެވެ.

މި ސީރީޒްގައި އޯވަންގެ ރޯލް ނިކޮލާ ކޮސްޓާ-ވަލްޑޫ އަދާކުރާއިރު، ބެއިލީގެ ރޯލް އަދާކުރަނީ އަންގޫރީ ރައިސް އެވެ.

މީގެ އިތުރުން އައިޝާ ޓައިލާ، ޖެފް ސްޓަލްޓްސް، ޖޯން ހާލަން ކިމް އަދި އޮގަސްޓޯ އަގިލޭރާވެސް މި ސީރީޒްގައި ހިމެނެ އެވެ.

މި ސީރީޒް ރިލީޒްކުރާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ފުރަތަމަ ރިލީޒްކުރާނީ ދެ އެޕިސޯޑެވެ. އޭގެ ފަހުން މިއަހަރުގެ މެއި 19އާ ހަމައަށް ކޮންމެ ހުކުރު ދުވަހަކު އެޕިސޯޑެއް ދައްކާނެ އެވެ.