އެންސިސް ފިޝަރީޒް

އެންސިސްގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

Mar 14, 2023

ހުޅުމާލޭގައި އެންސިސް ކުންފުނިން ހަދާފައިވާ މަތީ ފެންވަރުގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި އެވެ.

މި މަޝްރޫއު އެންސިސް ކުންފުނިން އިފްތިތާހް ކުރީ ޑިސެމްބަރު 2016 ގައެވެ. ފްލެޓްތައް ނިންމާފައި މިވަނީ މަޝްރޫއު ނިންމަން ދިން މުއްދަތު ފަސް ފަހަރު އިތުރުކޮށްދިން ފަހުންނެވެ.

އެންސިސްގެ ފްލެޓްތައް ނިންމުން ލަސްވީ ކޮވިޑް 19އާ ގުޅިގެންނާއި މިމަޝްރޫއުގެ އެއްބަސްވުމަށް ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެން ކަމަށް އެންސިސް އިން ކުރިން ބުނެފައިވެ އެވެ.

ރާއްޖޭގައި އެންމެ ވަރުގަދައަށް މަހުގެ ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންސިސްގެ "އައިރާ އެކްސެޕްޝަނަލް ލިވިން"ގައި 94 ފްލެޓް ހަދާފައިވާއިރު ފްލެޓްތައް ހަވާލުކުރަން ފެށީ މިއަދު އެވެ.

ސިންގަޕޫރުގެ ޓެން އާކިޓެކްސް އިން ފަރުމާކޮށްފައިވާ ކޮންޑެމީނިއަމް އިމާރާތުގައި ތިން ކޮޓަރިއާއި ދެ ކޮޓަރިއާއި އަދި އެއް ކޮޓަރީގެ އެއްޕާޓްމަންޓްތައް ވެސް ހިމެނެ އެވެ.