މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކުމުގެ މައްސަލަތައް: ހަތަރު އަހަރުން 99 މީހުން ހައްޔަރުކުރި

ފުލުހުންގެ މައި އިދާރާ -- ފޮޓޯ: އަވަސް
0%
0%
0%

ހަށިވިއްކާ ތަންތަނަށް އަމާޒުކޮށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހިންގި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 99 މީހުން ހައްޔަރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ހުއްޓުވުމަށް ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި ތިން އަހަރު ކުރި މަސައްކަތްތައް ލިޔުމުން ސާފުކުރެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު އިމްރާން ލިޔުމުން ދެއްވި ޖަވާބުގައިވަނީ ފުލުހުންގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން 2019 ވަނަ އަހަރު ހިންގި 14 އޮޕަރޭޝަންގައި 32 މީހުން ހައްޔަރުކުރިއިރު 2020 ވަނަ އަހަރު ނުވަ އޮޕަރޭޝަންގައި 25 މީހުން ހައްޔަރުކޮށްފައިވެ އެވެ. 2021 ވަނަ އަހަރު ހަތް އޮޕަރޭޝަންގައި 25 މީހުން ހައްޔަރުކުރިއިރު މިދިޔަ އަހަރު ހިންގި ތިން އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފައިވެ އެވެ.

މާލެ އަތޮޅުތެރޭގައި ވާކް ޕާމިޓް އާއި ވިސާނެތި އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރިމަތިވާ ކަންކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހަށިވިއްކުމާއި ޖުވާކުޅުމާއި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެ އެވެ.

ފައިސާ ހޯދުމަށް މަގުމަތީގައި ބިދޭސީން ސަލާންޖަހަމުންދާ ކަމަށާއި ޕާކިން ޒޯންތަކުގައި ސައިކަލު ސާފުކުރުމަށްޓަކައި އާންމުންގެ ފަހަތު ދުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ފައިސާގެ މައްސަލަޖެހޭ ބިދޭސީން ފިލައިގެން އުޅޭ ކަމަށާއި ފިލައިގެން އުޅޭ ބިދޭސީން ހޯދާ މީހަކަށް ފައިސާ ދޭނެ ކަމަށް ބުނެ އާންމުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910