ފިނިޕޭޖް

ލިންޑްސީ ލޯއެންއަށް ދަރިއަކު ލިބެނީ

ލިންޑްސީ ލޯހަން އާއި ފިރިމީހާ ބޭޑާ ޝަމާސް އަށް ދަރިއަކު ލިބެނީއެވެ.

ލިންޑްސީ މި ހަބަރު އިއުލާންކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓަކުންނެވެ.

މި ޕޯސްޓްގައި ހުދު ކުލައިގެ ބޭބީ ވަންސީއެއްގެ ފޮޓޯގައި "ކަމިން ސޫން" ލިޔެފައިވެ އެވެ. އަދި ވަރަށް އެކްސައިޓްވެފައިވާ ކަމަށް ލިޔެފައިވެ އެވެ.

މިއީ މި ދެމަފަރިންގެ ވެސް ފުރަތަމަ ދަރި އެވެ. ބޭބީ ލިބޭނެ ހިސާބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 36 އަހަރުގެ ލިންޑްސީ އާއި ފައިނޭންސަރެއް ކަމުގައިވާ ބޭޑާ ލޯބީގެ ގޮތުން ގުޅުނީ ލިންޑްސީގެ ދިރިއުޅުން ދުބާއީއަށް ބަދަލުކުރުމަށްފަހުގައި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. އަދި ދެ އަހަރު ދުވަހުގެ ގުޅުމަކަށްފަހު 2021ގެ ނޮވެމްބަރު މަހު އެންގޭޖްކޮށް، މިދިޔަ އޭޕްރިލް މަހު ކައިވެނި ކުރި އެވެ.

ޗައިލްޑް މޮޑެލް އަދި އެކްޓަރެއްގެ ގޮތުން ހޮލީވުޑްގައި ކެރިއާ ފެށި ލިންޑްސީ މަޝްހޫރުވީ "ދަ ޕޭރަންޓް ޓްރެޕް"، "ލައިފް ސައިޒް" އަދި "ގެޓް އަ ކްލޫ" ފަދަ ފިލްމްތަކުންނެވެ. މީގެ އިތުރުން ލިންޑްސީ ވަނީ "މީން ގާލްސް"، "ފްރީކީ ފްރައިޑޭ"، "ޖޯޖިއާ ރޫލް" އާއި "ހާބީ ފުލީ ލޯޑަޑް" ފަދަ މަގުބޫލު ޓީނޭޖް ރޮމޭންޓިކް ކޮމެޑީ ފިލްމު ކުޅެ، ލަވަ އަލްބަމްތަކެއް ވެސް ނެރެފަ އެވެ.

ލިންޑްސީގެ ބައްޕަ ބުނީ ވަގުތު ޖެހުމުން ލިންޑްސީ ވަރަށް ރަނގަޅު މަންމައަކަށް ވާނެ ކަމަށެވެ.