ދިރާގު

ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ސޮކާ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށް ދޭނީ އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް، "ކިޑްސް ފުޓުބޯލް ފިއެސްޓާ" ބާއްވާ ފުޓްބޯޅަ ކުޅުންތެރިންގެ އާ ޖީލެއް އުފެއްދުމަށެވެ.

ޕާޓްނާޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

"ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް. އެހެންކަމުން މި ޕާޓްނާޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެކަމަށް އުންމީދު ކުރަން،" ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

ދިރާގުން ދަނީ ޒުވާނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ޒުވާނުންނަށް އެ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގެ މަގު ފަހިކޮށްދެމުންނެވެ. އަދި އެ ކުންފުނިން ދަނީ ކުޅިވަރާއި އިޖުތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.