އެޗްޑީސީ

އެޗްޑީސީން ހުޅުމާލޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފި

އެޗްޑީސީން ހުޅުމާލޭގައި ގާއިމުކުރި ކޮންޓެއިނާ ޑޭޓާ ސެންޓަރު -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މިއީ ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ "ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހިންގުނު ޕްރޮޖެކްޓެކެވެ. މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2019 ވަނަ އަހަރު ގާއިމުކުރެވުނު ޖީޕޮން އެކްސެސް ނެޓްވޯކުގެ ހިދުމަތް ހޯދާ 12،500 ސަބްސްކްރައިބަރުން މިހާރު އެބަތިބި ކަމަށެވެ. ކޮންޓެއިނާ ޑޭޓާ ސެންޓަރަކީ އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ހުޅުވުނު ތަނެއް ކަމަށް ވިދާޅުވި އެވެ.

ޑޭޓާ ކޮންޓެއިނާ ސެންޓަރުން އަހަރެއްގެ މައްޗަށް 99.9 ޕަސަންޓް އަޕް ޓައިމް ނުވަތަ ހިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ގެރެންޓީ އެޗްޑީސީން ވަނީ ދީފަ އެވެ.

އެޗްޑީސީން ހުޅުމާލޭގައި ގާއިމުކުރި ކޮންޓެއިނާ ޑޭޓާ ސެންޓަރު -- ފޮޓޯ: އެޗްޑީސީ

މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއް ހުންނަ މި ކޮންޓެއިނާ ޑޭޓާ ސެންޓަރުގައި ކަރަންޓް ކެނޑޭ ވަގުތު ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖަނަރޭޓަރެއް ހުރެ އެވެ.

އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ސަވައިލެންސް ސިސްޓަމެއް ހުންނަ މި ކޮންޓެއިނާ ޑޭޓާ ސެންޓަރުގައި ތިމާވެއްޓާ ރައްޓެހި އަލިފާން ނިއްވާ ނިޒާމެއް ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910