ބޮލީވުޑް އެކްޓަރެއްގެ ގޮތުގައި ބައެއް ފިލްމުތަކުގައި މަސައްކަތްކުރި ސަނާ ޚާން ޝޯބިޒް ދޫކޮށްލިކަން އިއުލާން ކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ސަނާ ބުނެފައިވަނީ އޭނާ އެކްޓިން ކެރިއަރަށް އަލްވަދާއު ކިޔަން ނިންމީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން ވެގެން ކަމަށެވެ.
ކެރިއަރު ދޫކޮށްލުމަށްފަހު ނޮވެމްބަރު 2020 ގައި ސަނާ ކައިވެނި ކުރި އެވެ. މުފްތީ އެއް ކަމަށްވާ އަނަސް ސައްޔާދް އާ އެވެ. އޭގެ ފަހުން މޯޓިވޭޝަނަލް ސްޕީކަރެއްގެ ގޮތުގައި އިސްލާމް ދީނުގެ ބައެއް ވާހަކަތައް އޮންލައިންގައި ސަނާ ގެންދިޔައީ ޝެއާ ކުރަމުންނެވެ. އަދި އަނަސް އާއެކު އުމުރާ އާއި ހައްޖުގެ އަޅުކަމުގައި އުޅެނިކޮށް ނަގާފައި ހުރި ފޮޓޯތައް ވެސް ސަނާ ގެންދިޔައީ ސޯޝަލް މީޑީއާގައި ޝެއާ ކުރަމުންނެވެ.
ދާދިފަހުން އިގްރާ ޗެނަލް އަށް ދިން އިންޓަވިއު އެއްގައި ސަނާ އާއި ފިރިމީހާ އަނަސް ވަނީ އެމީހުންގެ އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފަ އެވެ. ސަނާއަށް ލިބެނީ އެއްމާބަނޑު ދެބެން ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނި ނަމަވެސް އޭނާ އަށް މިފަހަރު ލިބެނީ އެންމެ ކުއްޖެއް ކަމަށް ސަނާ ބުންޏެވެ. އަދި ވަރަށް ކައިރި ކައިރިގައި ކުދިން ހޯދަން ސަނާ ބޭނުންވާކަން އޭނާގެ ވާހަކައިން ދޭހަވި އެވެ.