މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ

Mar 19, 2023

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލެއިންނެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ރޭ އެވެ.

ބައެއް މީޑިއާތަކުން އެކުއްޖާގެ އާއިލާއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ ހުކުރު ދުވަހުގެ ރޭ 7:30 ހާއިރު އެ ކުއްޖާ އުޅޭ ގޭގެ ކަންމަތީގައި ހުންނަ ފިހާރައަކަށް ދަނީ ކަމަށް ބުނެ ނިކުތް ފަހުން ހަބަރެއް ނުވުމުންނެވެ.