އދ. ދިއްދޫ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަން ގައްސާން ކާމިޔާބު ކުރައްވައިފި

Mar 19, 2023

އދ. ދިއްދޫ ކައުންސިލަށް ރައީސަކު އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަން ގައްސާން އަބްދުﷲ ކާމިޔާބު ކުރައްވައިފި އެވެ.

ބައި-އިލެކްޝަންގައި ވާދަކުރެއްވީ ގައްސާން އަބްދުﷲ އާއި އަހުމަދު ޒާލިފު އެވެ. މި ދެ ކެންޑިޑޭޓުންނަކީވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ގައްސާން އަބްދުﷲ އަށް 64 ވޯޓު ލިބިލެއްވިއިރު އަހުމަދު ޒާލިފުއަށް ލިބިލެއްވީ 47 ވޯޓެވެ.

މި ބައި-އިލެކްޝަންގައި 148 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެ އެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މާލޭގެ އިތުރުން އދ. ދިއްދޫގައިވެސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ދިއްދޫ ކައުންސިލް ރައީސްގެ މަގާމު ހުސްވީ އެ ކައުންސިލް ރައީސް މަގާމުން އިސްތިއުފާ ދެެއްވުމުންނެވެ.