އިސްލާމިކް ބޭންކް

ފުރަތަމަ ފަހަރަށް އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް

Mar 20, 2023
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.

ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ޑޮލަރު އޭޓީއެމްތަކެއް ހިންގާތާ އަހަރުތަކެއް ފަހުން އެމްއައިބީ އިން ޑޮލަރު އޭޓީއެމްއެއް މާލޭގައި ބެހެއްޓީ އެ ބޭންކަށް 12 އަހަރު ފުރުމާ ދިމާކޮށެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައިވަނީ މއ. ފާމުދޭރިގޭގަ އެވެ.

މި އޭޓީއެމް އިން ދުވާލަކު 1،000 ޑޮލަރު ނެގޭއިރު ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވެ އެވެ.

ޑޮލަރު އޭޓީއެމްގައި މި ވަގުތު ބޭނުންކުރެވޭނީ އެ ބޭންކްގެ ޕްލެޓިނަމް ކާޑު ކަމަށާއި ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެ ކަމަށްވެސް އެމްއައިބީ އިން ބުނެފައިވެ އެވެ.