އިސްލާމިކް ބޭންކް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ

Apr 9, 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް އާބަންކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް ހުމްރީ އެވެ.

އިސްލާމިކް ބޭންކުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޭޓީއެމްއެއް ބަހައްޓަނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން އަދި ވީހާވެސް އަވަހަށް ހިދުމަތް ދިނުމަށް ބޭނުންވާތީ ކަމަށެވެ.

ހުޅުމާލޭގައި އިސްލާމިކް ބޭންކުން ދޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އެ ބޭންކުން ދާދި ފަހުން ވަނީ އާ އިމާރާތަކަށް ބަދަލުވެ އިތުރު ހިދުމަތްތައް ވެސް ހުޅުމާލޭގައި ދޭން ފަށާފަ އެވެ.

އެމްއައިބީ އިން ދާދި ފަހުން ވަނީ މާލޭގައި އެ ބޭންކުގެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާ ހިދުމަތް ދޭންވެސް ފަށާފަ އެވެ.