އެމްޑީޕީ

އެމްޑީޕީން ގުރައިދޫ ދާއިރާގެ ކެމްޕޭން ފަށައިފި

Mar 20, 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ފަށައިފި އެވެ.

ކެމްޕޭނަށް ގުރައިދޫ ދާއިރާއަށް ދިޔަ ޓީމުގައި އިސްކޮށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. މީގެއިތުރުން މި ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސްވެރިން ހިމެނެ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕި އަދި އެމްއެންޕީގެ ކެންޑީޓުންނެވެ. އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

ޕީޕީއެމް އާއި އެމްއެންޕީގެ ކެމްޕޭން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފަށާފަ އެެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.