ވިޔަފާރި

ބީއެމްއެލް: އެންމެ ބޮޑު ފައިދާ ލިބުނު ސަރުކާރު ކުންފުނި

Feb 1, 2016
1
  • ކުރީ އަހަރާ ބަލާއިރު 13 ޕަސެންޓް ފައިދާ އިތުރު
  • މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި
  • ފަހު ކުއާޓަރުގައި 236 މިލިއަން ރުފިޔާގެ ސާފު ފައިދާ

މިދިޔަ އަހަރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނު ކުންފުންޏަކީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އެވެ.

ގައުމީ ބޭންކްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަހު) 110 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 115 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 159 މިލިއަން ރުފިޔާ އެވެ. އަދި ފަހު ކުއާޓަރުގައި މި އަދަދު ވަނީ 236 މިލިއަން ރުފިޔާ އަށް އުފުލިގެން ގޮސްފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ބީއެމްއެލް އަށް ލިބިފައިވާ މި ފައިދާއަކީ 2014 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާއާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ސަބަބުން އެ ކުންފުނިން އެކި ނަންނަމުގައި ތަފާތު ލޯނުތަކެއް އާއްމުނަށް ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު މިއީ އޭގެ ކުރީ އަހަރާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.