ޖޭން ދަ ވާޖިންގެ ޖީނާ ރޮޑްރިގޭޒްއަކީ މިހާރު ހަގީގަތުގައިވެސް މަންމަ އެކެވެ.
ޖީނާގެ އޭޖަންޓް ކަށަވަރުކޮށްދިން ގޮތުގައި ޖީނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
ޖީނާ މާބަނޑުކަން އިއުލާންކޮށްފައިވަނީ މިދިޔަ ޖުލައި މަހު އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރި ޕޯސްޓެއްގަ އެެވެ.
މިއީ 38 އަހަރުގެ ޖީނާ އާއި ފިރިމީހާ ޖޯ ލޮސިސޭރޯ އަށް ލިބުނު ފުރަތަމަ ދަރިއެވެ.
ޖީނާ މީގެ ކުރިން ބުނީ އޭނާ މާބަނޑު ވީއްސުރެއް ޖޯ ހުރިހާ ގޮތަކުންވެސް އެހީތެރިވެ، އެއްބާރުލުންދޭ ކަމަށާއި އެއީ ފުރިހަމަ ހަޔާތުގެ ބައިވެރިއެއް ކަމަށެވެ.
ޖީނާ އާއި ޖޯ 2016 ގައި ފުރަތަމަ ދިމާވި ނަމަވެސް މި ދެމަފިރިން ލޯބީގެ ގޮތުން ގުޅުނީ 2017 ގައެވެ. އަދި 2018 ގައި އެންގޭޖްވެ، ކައިވެނި ކުރީ 2019 ގައެވެ.
ކެރިއަރަށް ބަލާއިރު ޖީނާ ވިހެއުމުގެ ކުރިން ކުޅުނީ "ނޮޓް ޑެޑް ޔެޓް" ކޮމެޑީ ސީރީޒް އެކެވެ.
މި ސީރީޒްގެ ފުރަތަމަ ސީޒަން ވަނީ ނެރެފަ އެވެ. މީގެ އިތުރުން ޖީނާ ވަނީ "ލޮސްޓް އޮލީ" އެނިމޭޓެޑް ސީރީޒްއާއި "އައި ވޯންޓް ޔޫ ބެކް" ފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފަ އެވެ.