ދުނިޔެ

ޔުކްރޭނަށް ހައްލެއް އޮތީ ޝީ-ޒެލެންސްކީގެ މަޝްވަރާތަކުގައި

ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް އޮންނާނެ ކަމަށް އޮތީ އިވިފަ އެވެ. އެހެން ނަމަވެސް، މި ދެ ލީޑަރުންގެ މަޝްވަރާތައް އަދިވެސް ތާވަލެއް ނުކުރެވެ އެވެ.

ޔުކްރޭންގެ މައްސަލަތަކަށް ގޮތެއް ނިންމުމުގައި ޝީ-ޒެލެންސްކީ މަޝްވަރާތައް ވަރަށް މުހިންމު ކަމަށް ވިދާޅުވެ ކިޔެވްގެ ބޮޑުވަޒީރުގެ ނައިބު، އިރީނާ ވެރެޝްޗުކް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިރީނާ ވިދާޅުވި ގޮތުގައި ދެ ރައީސުންގެ މަޝްވަރާތަކަށް ހުރި މައުލޫތައް ވަރަށް ގިނަ އެވެ. އަދި ޝީ އާއި ޒެލެންސްކީގެ މަޝްވަރާތަކުން ނުކުންނަ ނަތީޖާއަކުން ނޫން ގޮތަށް ޔުކްރޭންގެ މައްސަތަކަށް ހައްލެއް މި ވަގުތު ވަރަށް ދައްޗެވެ.

ދެ ރައީސުންގެ މަޝްވަރާތައް އޮންނާނެ ކަމަށް ބޮޑަށް ވައްތަރީ ފޯނު ކޯލެއް މެދުވެރިކޮށް ކަމަށް ބެލެވެ އެވެ. އިރީނާ ވިދާޅުވި ގޮތުގައި ފޯނު ކޯލަކީ ވެސް މަޝްރާގެ ވަރަށް ބޮޑު ބައެކެވެ.

އެހެން ނަމަވެސް، ހިތާމަ އަކީ، އިރީނާ ވިދާޅުވި ގޮތުގައި ފޯނު ކޯލެއް އޮންނާނެ ވަގުތެއް އެނގިވަޑައިގެންފައި ނުވުމެވެ.

"އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭ" ފޯނު ކޯލު އޮންނާނެ ވަގުތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އިރާނާ ވިދާޅުވި އެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން، ޝީ އާއި ޒެލެންސްކީ މަޝްވަރާކުރައްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް، ޔުކްރޭންގެ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ޗައިނާއަށް ފެންނަ ގޮތް މިހާރު އޮތީ ބަޔާންކޮށްފަ އެވެ.

އަނެއްކޮޅުން، ޔުކްރޭން މައްސަލަ ހައްލުކުރުމުގައި ދެމެހެއްޓެނިވި ދައުރެއް އަދާކުރެވިދާނެ ކަމަށް އެމެރިކާ ވެސް ބުނެ އެވެ. އެމެރިކާއިން އެ ބުނާ ދެމެހެއްޓެނިވި ދައުރަކީ، ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިންއަށް ޕްރެޝަރުކުރުމެވެ.

ޝީ ޖިންޕިން މިހާރު އުޅުއްވަނީ، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ދައުވަތަށް ކުރައްވާ ދަތުރެއްގައި މޮސްކޯގަ އެވެ.

ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ޝީ އާއި ޒެލެންސްކީ ކިތަންމެ އަވަހަށް މަޝްވަރާކުރެއްވި ނަމަވެސް، އޮންނާނީ ރަޝިއާ ދަތުރު ނިންމަވާލައްވައި ޝީ ޖިންޕިންގް ޗައިނާއަށް ވަޑައިގަތުމަށް ފަހު އެވެ.