ނައިޖީރިއާ

ބޯކޯ ހަރާމުން ނައިޖީރިޔާގައި ހަމަލާތައްދީ 70 މީހުން މަރާލައިފި

ނައިޖީރިޔާގެ އުތުރުގައި އޮންނަ މައިދުގޫރީ އަވަށުގައި ބޯކޯ ހަރާމުން ދިން ހަމަލާތަކެއްގައި 70 އެއްހާ މީހުން މަރާލައިފި އެވެ.

ބޯކޯ ހަރާމުން މި ހަމަލާ ދީފައިވަނީ ނައިޖީރިޔާއާވީ ފަޅީގައި އެ ޖަމާއަތުން ދޭ ހަމަލާތައް މަދުވެފައިވަނިކޮށެވެ. އެޖަމާއަތުން ފަހަކަށް އައިސް ހަމަލާތައް އަމާޒުކޮށްފައިނީ ކެމަރޫނާވީ ފަޅީގައި ކަަން ފާހަގަކުރެވެ އެވެ.

ފާއިތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ބޯކޯ ހަރާމުން ދިން ހަމަލާތަކުގައި ޖުމްލަ 20،000 އެއްހާ މީހުން މަރުވެފައިވާއިރު 2.3 މިލިއަން މީހުންވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.

އަދި އެތައް ހާސް ކުދިންނަކަށް މަޖުބޫރުކޮށް ސްކޫލްތަކުން ވަކިކޮށް ތައުލީމުން މަހުރޫޕްކޮށްފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ.