ވިޔަފާރި

ތުރުކީގައި ބޭއްވި ފެއާއެއްގައި ރާއްޖޭގެ އިޝްތިހާރަށް އެވޯޑެއް

Feb 1, 2016

ތުރުކީގައި ބޭއްވި "އިމިޓް 2016" ފެއާގައި ރާއްޖޭގެ އިޝްތިހާރަށް އެވޯޑެއް ލިބިއްޖެ އެވެ.

ތުރުކީގެ، އިސްތަމްބޫލްގައި ބޭއްވި މެޑިޓެރޭނިއަން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އިމިޓް) ފެއާގައި ރާއްޖެއަށް ލިބިފައިވަނި "ބެސްޓް ޕްރޮމޯޝަން" އެވޯޑެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު (އެމްއެމްޕީއާރްސީ) ގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް އެވެ. މި އަހަރުގެ ފެއާގައި ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުކަމަށްވުމުން ރާއްޖޭގެ ގިނަ އިޝްތިހާރުތަކެއް ޖަހާފައިވެ އެވެ.

މިދިޔަ މަހުގެ 28-30 ގެ ނިޔަލަށް ކުރިއަށް ދިޔަ މި ފެއާގައި މެޑިޓެރޭނިއަން ގައުމުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފެއާ އެކެވެ. މި ފެއާގައި 70 ގައުމެއްގެ 4،500 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.

ތުރުކީއަކީ ރާއްޖެއަށް އެންމެ އުންމީދީ އެއް ޓޫރިޒަމް މާކެޓެވެ. މި މިދިޔަ އަހަރުގެ ނިޔަލަށް ތުރުކީން 10،200 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.