ދުނިޔެ

ޖައިރު ބޮލްސޮނާރޯ މާޗް 30 ގައި ބްރެޒިލްއަށް ވަޑައިގަންނަވަނީ

ބްރެޒިލްގެ ކުރީގެ ރައީސް، ޖައިރު ބޮލްސޮނާރޯ މާޗް 30 ގައި އެނބުރި ގައުމަށް ވަޑައިގަންނަވަނީ އެވެ. އޭނާގެ ލިބަރަލް ޕާޓީގެ އިންސްޓާގްރާމް އެކައުންޓްގައި ވަނީ މިކަން އިއުލާންކޮށްފަ އެވެ.

ބޮލްސޮނާރޯ މިހާރު ހުންނެވީ އެމެރިކާގަ އެވެ. އޭނާ އެމެރިކާއަށް -- ވަރަށް ކުއްލި ގޮތަކަށް ވަޑައިގަތީ، ފާއިތުވި އޮކްޓޯބަރުގައި އޮތް ރިޔާސީ އިންތިހާބު ގެއްލިވަޑައިގަތުމާ ގުޅިގެންނެވެ.

އެނާއާ ގާތް ގުޅުމެއް އޮންނަ މީހުން ބުނާ ގޮތުން ބޮލްސޮނާރޯ ގައުމު ދޫކުރައްވައި ވަޑައިގަތީ، އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާ ދަ ސިލްވާއާ ރައީސްކަން ހަވާލުނުކުރައްވަން ވެގެންނެވެ.

އިންތިހާބީ ރައީސަށް ރައީސްގެ ތަޅުދަނޑި ހަވާލުކުރުން އޮންނަނީ އަލަށް އިންތިހާބުކުރެވޭ ރައީސް ހުވައިކުރައްވާ ރަސްމިއްޔާތުގައި، އާންމުންނަށް ފެންނަ ގޮތަށެވެ.

ބޮލްސޮނާރޯ އަދިވެސް ގަބޫލުކުރައްވަނީ އިންތިހާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށެވެ. ލޫލާއަށް ވެރިކަން ދެއްވީ އިލެކްޝަން ކޮމިޝަނުން، ކޮންމެވެސް ޑީލެއްގެ ދަށުން ކަމަަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ ވާހަކަދައްކަވާފަ އެވެ.

ބްރެޒިލް ދޫކުރައްވައި ވަޑައިގެން ގައުމުގައި ހަމަނުޖެހުން ހިންގެވުމަށް ބާރުއަޅުއްވާ ތުހުމަތު ވެސް ބޮލްސޮނާރޯއަށް އެބަ އޮތެވެ. އެހެންކަމުން އޭނާ ގައުމަށް ވަޑައިގަތުމުން، ސިޔާސީ ފިއްތުންތަކެއް ކުރިމަތިވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލްގައި ބޮލްސޮނާރޯއަށް ތާއީދުކުރާ ވަރަށް ގިނަ މީހުން މިހާރު ވެސް އެބަ ތިއްބެވެ. އެ މީހުން ތިބީ އެ މީހުންގެ ބޮސް ގައުމަށް ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގަގަ އެވެ. ބޮލްސޮނާރޯ ގައުމަށް ވަޑައިގަތުމުން ކަންކުރާނެ ގޮތުގެ އެޖެންޑާއެއް ސަޕޯޓަރުން މިހާރު ވެސް އޮތީ ތައްޔާރުކޮށްފަ އެވެ.

ބްރެޒިލްގައި ޖެނުއަރީ 8 ގައި ހިނގައިދިޔަ ހާދިސާގައި، އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ސަރުކާރު އިދާރާތަކަށާއި ރިޔާސީ ގަނޑުވަރަށް ވަދެގެންފަ އެވެ. އަދި އަމަން ބަލަހައްޓާ އޮފިސަރުންނަށް ހަމަލާދީ ވަނީ ބްރެޒިލް ނާންމާންކޮށްފަ އެވެ.

މިހެން ކަން އޮތުމުން ބޮލްސޮނާރޯ ބްރެޒިލްއަށް ވަޑައިގަތުން ސަރުކާރުން ކުޅޭނެ ކުޅިއެއް އަދި އޮތީ އެވެ. ބޮލްސޮނާރޯ ތަހުގީގަށް ހައްޔަރުކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.