ޓޫރިޒަމް

އަވާނީ ފަރެސް މޯލްޑިވްސް އަންނަ މަހު ހުޅުވަނީ

Mar 25, 2023

ބ. އަތޮޅު ފަރެސްގައި އަވާނީ ފަރެސް މޯލްޑިވްސްގެ ނަމުގައި ތަރައްގީކޮށްފައިވާ ރިސޯޓު ހުޅުވަން ތައްޔާރުވެއްްޖެ އެވެ.

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން ތަރައްގީކޮށްފައިވާ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް އެއްވަނަ ދުވަހު އެވެ.

ހަތްދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ރިސޯޓުގައި 176 އެނދު ހުރެ އެވެ.

ފަރެސްގައި ރިސޯޓު ހަދަން ހަވާލުކުރީ 2017 ގައެވެ. މިރިސޯޓުގެ މަސައްކަތް 2019ގައި ނިންމާފައިވެ އެވެ. ނަމަވެސް ހުޅުވުން ފަސްކުރީ ކޮވިޑް 19ގެ އާލަމީ ވަބާއާއި ގުޅިގެން ދުނިޔޭގެ އިގުތިސޯދު ހުއްޓުމަކަށް އައުމުންނެވެ.

ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ 12.4 ހެކްޓަރުގެ މިރަށަކީ ކުރިން ދަނޑުވެރިކަމަށް ބޭނުންކުރި ރަށެކެވެ.