ޗައިނާ ޑިވެލޮޕްމަންޓް ފޯރަމްގައި އެޕަލް ކުންފުނީގެ ސީއީއޯ -- ޓިމް ކުކް ބައިވެރިވެވަޑައިގެން ޗައިނާގައި އާ އުފެއްދުންތައް ތައާރަފްވަމުން އަންނަ ބާރުމިނަށް ތައުރީފް ކުރައްވައިފި އެވެ.
ޗައިނާ ޑިވެލޮޕްމަޓް ފޯރަމް މިފަހަރު ކުރިއަށްދަނީ މި ހަފުތާ ބަންދަށް ހާއްސަކޮށް މިއަދުން ފެށިގެންނެވެ.
ޒަމާންތަކަކަށް ފަހު ޗައިނާއަށް ވަޑައިގެން ޓިމް ކުކް ވަނީ އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ޗައިނާގައި އެޕަލްގެ ވިޔަފާރި ހުރި ނެތް ގޮތް ބައްލަވައި، އެޕަލް ސްޓޯރުތަކަށް ވެސް ވަޑައިގެންނެވި އެވެ.
ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޓިމް ކުކް ވިދާޅުވީ ޗައިނާގައި އާ އުފެއްދުންތައް މިހާ ދުވެލި ބާރުވާނެކަން ވިސްނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޗައިނާއާ ފައިހަމަކުރުމަށް ވާދަވެރި ގައުމުތަކުން ޒިންމާދާރުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ޓިމް ކުކް ވިދާޅުވި ގޮތުގައި ޗައިނާ ފެންނަނީ ހިފަހައްޓަން ދަތިވާވަރަށް ކުރިއަރައިގެންދާ ތަނެވެ. އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، ދުނިޔޭގެ އެހެން ގައުމުތަކާ ޗައިނާއާ ދެމެދު ވަރަށް ބޮޑު ތަފާތެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަށެވެ.
ދުނިޔޭގެ ތަރައްގީއަށް ޒުވާނުން ނެރެން ޖެހޭ ކަމަށް ވިދާޅުވެ ޓިމް ކުކް ވިދާޅުވީ މިހާރު ތަރައްގީ އަމާޒުކުރަންވީ ހަނގު އުމުރުފުރާއަށް ކަމަށެވެ.
ކުޑަކުދިންނަށް ކޯޑިން ދަސްކޮށްދިނުމަކީ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކަށް މަގުފަހިކުރެވެން އޮތް އެންމެ މޮޅު ގޮތް ކަމަށްވެސް ޓިމް ކުކް ވިދާޅުވި އެވެ.
އެޕަލްއިން ޗައިނާގައި -- ޚާއްސަކޮށް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށް އުނގަންނައިދިނުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޓިމް ކުކް ވިދާޅުވި އެވެ. އެ ގޮތުން މިހާރު ކުރެވެމުންދާ ހޭދަ އިތުރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެެވެ.