ފިނިޕޭޖް

ރީސް ވިދާސްޕޫން އާއި ޖިމް ޓޯތް ވަރިވަނީ

ރީސް ވިދާސްޕޫން އޭނާގެ ފިރިމީހާ ޖިމް ޓޯތް އާ ވަރިވަނީ އެވެ.

ރީސް މި ހަބަރު އާންމުކޮށްފައިވަނީ އޭނާގެ އިންސްތަގްރާމް އެކައުންޓްގައެވެ.

ދެމަފިރިންގެ ފަރާތުން ނެރުނު ސްޓޭންޓްމަންޓްގައި ބުނެފައިވަނީ ވަރަށް ބޮޑަށް ބަލާ ވިސްނުމަށްފަހު، ދެމީހުން ވަކިވާން ނިންމި ކަމަށެވެ. އަދި އެ ދަތި ނިންމުން ނިންމި ނަމަވެސް، ދެ މަފިރިން އެކުގައި ގިނަ އުފާވެރި އަހަރުތަކެއް ހޭދަކުރި ކަމަށާއި ވަކިވެގެން ކުރިއަށްދާނީވެސް ދެމީހުންގެ ހަޔާތުގައި އުފެދުނު ހުރިހާ ކަމަކަށް އެކަކު އަނެކަކުގެ ލޯތްބާއި އޯގާތެރިކަމާއި އިހުތިރާމާއެކުގައި ކަމަށެވެ.

މީގެ އިތުރުން ދެމަފަރިންވެސް މި ހިނދު އިސްކަންދެނީ އެދެމަފިރިންގެ ދަރިފުޅާއި އާއިލާއަށް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިކަހަލަ ކަންތައްތަކަކީ އެއް އިރެއްގައިވެސް ފަސޭހަކަމަށް ނުވާނެ ކަމަށާއި އެއީ ވަރަށް ޒާތީ ކަމެއް ކަމަށް ބުނެ، ދެމަފިރިންގެ ޕްރައިވަސީއަށް އިހުތިރާމްކުރުމަށްވެސް އެދިފައިވެ އެވެ.

ރީސް އާއި ޖިމްގެ 12 އަހަރުވީ ކައިވެންޏަށް ލިބިފައިވަނީ 10 އަހަރުގެ ޓެނެސީ ޖޭމްސް އެވެ. މީގެ އިތުރުން ރަޔާން ފިލިޕޭއާ އެކު ކުރި ފުރަތަމަ ކައިވެންޏަށް ރީސްއަށް 23 އަހަރުގެ އޭވާ އާއި 19 އަހަރުގެ ޑީކަން ލިބިފައިވެ އެވެ. ރީސް އާއި ރަޔާން ވަރިވީ 2008 ގައެވެ.

ރީސް އާ ޖިމް ލޯބީގެ ގޮތުން ގުޅުނީ 2010 ގައެވެ. އެ އަހަރު ޑިސެމްބަރުގައި އެންގޭޖްވެ، ކައިވެނި ކޮށްފައިވަނީ މާޗް 26، 2011 ގައެވެ.