ކެންޔާއަށް ބޭނުންވާ ތެޔޮ ގަތުމަށް ސައޫދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ގައުމަށް ބޭނުންވާ ތެޔޮ ގަތުމަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުންކުރާނީ ކެންޔާގެ ފައިސާ އެވެ.
ކެންޔާއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހީނަރުކަން ބޮޑުވުމުގެ ސަބަބުން ގައުމީ ފައިސާގެ އަގު އޮތީ ވެއްޓިފަ އެވެ. އަނެއްކޮޅުން ކެންޔާގައި ތެލުގެ ވިޔަފާރިކުރާ މަހުޖަނުން ޑޮލަރު ހިފެހެއްޓުމުން ސަރުކާރު އޮތީ ވަރަށް ބޮޑަށް ޕްރެޝަރަށް އަރާފަ އެވެ.
ކެންޔާގެ ރައީސް ވިލިއަން ރޫޓޯ ވިދާޅުވި ގޮތުގައި ޑޮލަރު ހިފަހައްޓައިގެން ތިބި މީހުން ޑޮލަރު ހިފަހައްޓައިގެން ތިބެންވީ އެވެ. އެ މީހުންގެ ސަބަބުން ސަރުކާރަަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނައިރު، ޑޮލަރުތައް ބައްކުރަން ވިސްނާނަމަ ސަރުކާރުން ފަހުކުޅި ކުޅޭނެ އެވެ.
ވިލިއަމް ރޫޓޯ ވިދާޅުވީ ސަރުކާރުން ކުޅޭ ފަހުކުޅީގެ ސަަބުން ޑޮަލަރު ގުދަންތަކުގެ ބޭނުންކެނޑިގެން ދާނެ ކަމަށެވެ. އެހެންކަމުން، އެ މީހުންނަށް އޮތީ ނަސޭހަތް ގަބޫލުކުރުން ކަމަށެވެ.
ސައޫދީއާ އެކު ހަދާ އެއްބަސްވުމުގެ ސަބަބުން ޑޮލަރުގެ އަގުވެއްޓި އާދައިގެ ހާލަތަށް އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރޫޓޯ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ތެލާ ގުޅުން ހުރި ހުރިހާ ވިޔަފާރިއެއްގައި ދެން ބޭނުންކުރާނީ ކެންޔާގެ ފައިސާ ކަމަށެވެ.
ޑޮލަރު ގުދަންތަކުން ޑޮލަރު ދޫކުރަންދެން ސަރުކާރުގެ ކުންފުނިތަކުން މި އަސާސް ދަމަހައްޓާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.