ދުނިޔެ

ސައުދީ އާއި ރަޝިއާއިން ތެޔޮ އުފައްދާ އަދަދު މަދުކުރަނީ

ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ އަދަދުން ދުވާލަކު އެއް މިލިއަން ފީފާ މަދުކުރާ ގޮތަށް އޭޕްރީލް 2023 ގައި ނިންމި އެވެ. މިއީ ޑިސެމްބަރު 2024ގެ ނިޔަލަށް ދެމިއޮންނާނެ ނިންމުމެކެވެ.

މި ނިންމުން މިގޮތަށް އޮއްވައި އޭގެ އިތުރަށް ދުވާލަކު އެއް މިލިއަން ފީފާ މަދުކުރަން ސައޫދިން އަނެއްކާވެސް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިނިންމުން ދެމިއޮންނާނީ މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ސައޫދީގެ ނޫސް އެޖޭންސީން ބުނެ އެވެ.

ސައޫދީގެ މިނިންމުމާ ގުޅިގެން ރަޝިއާއިން ވެސް ތެޔޮ އުފައްދާ އަދަދުން 300،000 ފީފާ މަދުކުރާނެ ކަމަށް ބުނެފަ އެވެ.

ރަޝިއާ އަކީވެސް ސައޫދީގެ ނިންމުމަށް ބަލައި ތެޔޮ އުފައްދާ އަދަދު މަދުކޮށްގެން އޮތް ގައުމެކެވެ. ރަޝިއާ އިން މިހާރު ވެސް ތެޔޮ އުފައްދަނީ ކުރިން އުފެއްދި އަދަދުން ދުވަލަކު 500،000 ފީފާ މަދުކޮށެވެ.

ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު އެލެގެޒެންދަރު ނޯވާކް ވިދާޅުވި ގޮތުގައި ތެޔޮ އުފައްދާ އަދަދު މަދުކުރުމުގެ ބޭނުމަކީ މާކެޓްގައި އަގުތައް އެއް ވަރެއްގައި ދެމެހެއްޓުމެވެ.

ސައޫދީގެ ވިސްނުމަކީވެސް ތެލުން ލިބޭ އާމްދަނީ މަދުނުވާނެ ގޮތެއްގައި ދެމެހެއްޓުމެވެ. ތެޔޮ އުފައްދާ ގައުމުތަކުން އެއްވާނެއްގައި -- އެއް އަދަދަކަށް ދުނިޔެއަށް ތެޔޮ ސަޕްލައިކުރާ ނަމަ، ގައުމުތަކުގައި ތެޔޮ ރައްކާކުރާ އަދަދު އެ ގައުމުތަކުން އިތުރުކުރާނެ އެވެ. އަދި ދުނިޔެ ތެލަށް ޖެހޭ ހާލަތްތަކުގައި ރައްކާކޮށްފައި ހުރި ތެލުން ބޮޑު ފައިދާ ނަގާނެ އެވެ.

އޯޕެކް ޕްލަސްގެ ގައުމުތަކުން ކުރިން ވަނީ ތެޔޮ އުފައްދާ އަދަދު މަދުކޮށް -- އެކަމަކު އަދިވެސް ހާލަތު ބަދަލުކުރަން ޖެހިއްޖެ ނަމަ ތެޔޮ އުފައްދާ އަދަދު މަދުކުރަން ނިންމާފަ އެވެ. މި ގައުމުތަކުގެ ނިންމުންވެސް ދެމި އޮންނާނީ 2024ގެ ނިޔަލަށެވެ.

ސައުދީން މިގޮތަށް ނިންމާފައި އޮތްއިރު އޯޕެކް ޕްލަސް ގައުމުތަކުގެ ބައްދަލުވުމެއް މިއަދު އޮންނާނެ އެވެ. މި ބައްދަލުވުމުގައި ތެޔޮ އުފެއްދުމާ ބެހޭ ގޮތުން އެ ގައުމުތަކުން އަމަލުކުރާ ސިޔާސަތަށް ކޮންމެވެސް ބަދަލެއް ގެނައުމަކީ ގާތް ކަމެކެވެ.

ދުނިޔެއަށް ބޭނުންވާ ތެލުގެ 40 ޕަސެންޓް އުފައްދަނީ އޯޕެކް ގައުމުތަކުންނެވެ. މިހެންކަމުން ދުނިޔޭގެ ތެލުގެ އަގުތަކަށް ބަދަލު ގެނައުމުގައި އޯޕެކަކީ ވަރަށް ބާރުގަދަ ޖަމާއަތެކެވެ. މި ޖަމާއަތުގެ ބުނުމަކީ ހުރިހާ މެމްބަރުން އެކައްޗެއް ކިޔާ ގޮތަށް ނިންމާ ނިންމުންތަކެކެވެ.

ގައުމުތަކަށް ގުދުރަތީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެންވެސް އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ އަދަދު އިތުރުކޮށް އަދި މަދުކުރެ އެވެ.

އޯޕެކް ގައުމުތަކުގެ ވިސްނުމަކީ ތެލުގެ އަގު އަރައިގެން ދިޔަނުދިނުމެވެ. އަދި ދުނިޔެއަށް ސީރިއަސް ހާޖަތެއް ޖެހިއްޖެނަމަ ތެޔޮ އުފެއްދުން އިތުރުކުރުމެވެ.