ދުނިޔެ

އޯޕެކް ގައުމުތަކުން ތެޔޮ އުފެއްދުން އިތުރުކުރާނެ ކަމަށް އުންމީދުކުރަން: އެމެރިކާ

އޯޕެކުން ތެޔޮ އުފެއްދާ އަދަދަށް ބަދަލު ގެންނާނެ ކަމަށް ބެލެވެނީ މަޝްވަރާއަށް ފަހު
0%
0%
100%

އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ އަދަދު އިތުރު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ރައީސް ޖޯ ބައިޑަން ސައޫދީއަށް ކުރެއްވި ދަތުރުގައި އެކަމަށް އެދިވަޑައި ގެންނެވި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން-ޕިއާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގައި ހެޔޮ ބަދަލު އަންނާނެ ކަމަށް ލަފާކުރެވެ އެވެ. ތެޔޮ އުފައްދުން އިތުރުކުރާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް އެ މަރުހަލާތަކަށް އެކަށިގެންވާ ވަގުތު ހޭދަވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ބައިޑަން ސައޫދީއަށް ވަޑައިގެން ސަރުކާރުގެ ވެރިންނާ ބައްދަލުކުރަައްވައި ދުނިޔެއަށް ހަކަތަ ސަޕްލައި ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ގަލްފް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ތެޔޮ އުފައްދާ އަދަދު އިތުރުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ބުރޫއަރައިގެން އުޅެނީ ރަޝިއާ، ޔުކްރޭން ހަގުރާމައިގެ ސަބަބުންނެވެ. ޔޫރަޕް ގައުމުތަކަށް ތެޔޮ ލިބުން ދަތިވާން ދިމާވި ސަބަބަކީ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމެވެ.

ރަޝިއާގެ ބަދަލުގައި އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ނިސްބަތް އިތުރުކުރޭތޯ ހުޅަނގުން ދަނީ ޕްރެޝަރު ކުރަމުންނެވެ. އެހެން ނަމަވެސް އޯޕެކް ގައުމުތަކަށް އެއްބަސްވެވޭ އުސޫލާ ޚިލާފަށް ތެޔޮ އުފެއްދުން އިތުރުކުރަން އޯޕެކް ގައުމުތަކުން ދެކޮޅު ހަދަ އެވެ.

ޖޯ ބައިޑަން ސައޫދީއަށް ކުރެއްވި ދަތުރުން މާބޮޑު ކާމިޔާބެއް ލިބިވަޑައި ނުގެންނެވި ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެންނަމަވެސް އެމެރިކާއާ އެކު ގާތް ގުޅުމެއް ބޭއްވުމުގެ ބޭނުމުގައި އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ނިސްބަތް ކޮންމެވެސް ވަރަކަށް އިތުރުކޮށްފާނެ ކަމަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345