އެސްޓީއޯ

އެސްޓީއޯ އިން ހުޅުމާލޭގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަން ތައްޔާރުވަނީ

Mar 26, 2023

އެސްޓީއޯ އިން ހުޅުމާލޭގައި ކާޑުގެ ބާވަތްތައް -- ހަނޑޫ، ހަކުރު އަދި ފުށް ހޯލްސޭލްކޮށް ވިއްކަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހަފްތާގެ ތެރޭގައި މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.

ހުޅުމާލޭގައި މިހާތަނަށް ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކާފައެއް ނުވެ އެވެ.

ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ހުޅުމާލޭގައި ވިއްކުމަށް ތައްޔާރުވެފައި މިވަނީ ކާޑުގެ ބާވަތްތައް ލިބުން ދަތިވެފައިވާ ކަމަށް ބުނާ ވާހަކަތަކެއް އުޅެނިކޮށެވެ.

އެސްޓީއޯ އިން ވަނީ ރޯދަ މަހާ ދިމާކޮށް "އެސްޓީއޯ ރޯދަ މާޓް"ގެ ނަމުގައިވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވާފަ އެވެ.