ޗައިނާގައި ގައިދީއަކަށް ހައްގު ނޫން އަދަބު ދިން 27 އޮފިސަރަކަށް ބަދަލުގެ ގޮތު އުނދަގޫ ބޮޑު އަދަބެއްދީފި ކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފި އެވެ.
ހޫޖިލްތް، 18، ހައްޔަރުކޮށް އޭނާ އަށް ހައްގު ނޫން އަދަބެއް ދީފައިވަނީ 1996 ވަނަ އަހަރު ޕަބްލިކް ފާހަނަ އެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރުމަށްފަހު މަރާލިކަމުގެ ތުހުމަތުގަ އެވެ.
ނަމަވެސް 2005 ވަނަ އަހަރު އެމައްސަލައިގައި ކުށްވެރިވާ މީހާ ހޯދާ ތަހުގީގުގައި އޭނާ ވަނީ 1996 ވަނަ އަހަރު އަންހެނަކު ރޭޕްކޮށް މަރާލީ ހޫޖިލްތް ނޫންކަމަށް ބުނެފަ އެވެ. ހޫޖިލްތް ރަސްމީކޮށް ކުށުން ބަރީއަވެ މިނިވަންވެފަިއވަނީ 2014 ވަނަ އަހަރެވެ.
އެ މައްސަލައިގައި އަދަބު ދިން އޮފިސަރުންގެ ތެރެއިން 26 އޮފިސަރުންނަށްވަނީ އިންޒާރުދީ އެފަދަ ކަމެއް ތަކުރާރު ނުކުރަން އަންގާފަ އެވެ. އަދި އަނެއް އޮފިސަރުގެ މަގާމާއި ގުޅިގެން އިތުރަށް ތަހުގީގްކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެެވެ.
މިމައްސަލަައިގައި ކޯޓުންވަނީ ބަދަލެއްގެ ގޮތުން ހޫޖިލްތްގެ އާއިލާއަށް 30،000 ޔުއާން ދީފަ އެވެ. އަދި މައާފަށް އެދިފަ އެވެ.