ދިރާގު

ދިރާގު ބޮޑު ހަދިޔާ: ކޮންމެ ހަފުތާއަކު "މައިޑިއާ" މެގަ ހޯމް ޕެކެއް

ރޯދަ މަހަށް ހާއްސަކޮށް ދިރާގު ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ" އެއް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ހަތަރު މީހަކަށް "މައިޑިއާ" ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝާ، އަވަން، މައިކްރޮވޭވް، އެއާ ޕިއުރިފަޔާ އަދި ވެކިއުމް ކްލީނާ ފަދަ ގޭތެރެއަށް ބޭނުންވާ އިތުރު އެހެނިހެން ސާމާނުވެސް ހިމެނޭނެ އެވެ.

މީގެ އިތުރުން "ބޯނަސް މެގަ ހަދިޔާ"ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް ދެމީހެއްގެ އުމުރާ ދަތުރެއްވެސް ލިބޭނެ އެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންނެވެ.