ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހަތަރު ބޭފުޅުން ކުރިމަތިލައްވައިފި

Mar 28, 2023

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކުރުމުން ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިމަހުގެ 13 ވަނަ ދުވަހު ފުރުސަތު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • މަރްޔަމް ވަހީދު / ބެލޫން, ސ. ފޭދޫ
  • މުހައްމަދު ޝަނީޒް އަބްދުﷲ / ހަނދުވަރީނާޒް, ގދ. ގައްދޫ
  • އަލީ އަހްމަދު / ބިއްދޮށުގެ, ފ. ނިލަންދޫ
  • މުހައްމަދު މިންހާޖް / ހިރިލަންދޫގެ, ސ. ފޭދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ 10 ފަނޑިޔާރުންނެވެ.

ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.