ޔޫއޭއީ

ޔޫއޭއީގެ ސަރުކާރުން 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފި

Mar 28, 2023

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިފްތާރު ޕެކޭޖުތަކެއް ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޔޫއޭއީ އިން ހަދިޔާކުރީ 100 ޕެކޭޖެވެ.

މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.

ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައަޅާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ރޯދަ މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަނދުރު ބެހުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.